ފިލްމު ދައްކާ އާ ޗެނަލްތަކަކާއެކު ދިރާގުޓީވީންގޯލްޑް ޕެކެޖެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ހާމަކޮށްފައިވާ ގޮތުގައި، ސިނެމަޗީގެ ފިލްމީ ޗެނަލްތަކާއެކު 100 އަށްވުރެ ގިނަ ކޮލިޓީ ޗެނަލް ދިރާގުޓީވީގެ ގޯލްޑް ޕެކުގައި ހިމެނެއެވެ. މި ޕެކުގައި ހިމެނޭ ސިނެމަޗީ ޗެނަލްތަކުގެ ތެރޭގައި ސިނެމަޗީ އެކްޝަން، ސިނެމަޗީ ރޮމޭންސް، ސިނެމަޗީ ކޮމެޑީ، ސިނެމަޗީ ޑްރާމާ އަދި ސިނެމަޗީ ކްރައިމް ހިމެނޭނެއެވެ. ގޯލްޑް ޕެކުގެ އިތުރުން ދިރާގުޕްލޭ އެޕްގައި ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ސިނެމަޗީ ޗެނަލްތައް ފެންނާނެއެވެ.

ދިރާގުޓީވީގެ ގޯލްޑް ޕެކްގެ އަގަކީ (ޓެކްސް ނުލައި) 450 ރުފިޔާއެވެ. ގޯލްޑް ޕެކް ތައާރަފުކޮށްފައި މިވަނީ، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުން ދިރާގުޓީވީގެ ހިދުމަތް ހޯދުމަށް އެދުމުން ދިރާގުޓީވީ ކަނެކްޝަނާއި ޖޯއިބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 31 މޭ 2021 ގެ ނިޔަލަށެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 20 ކަސްޓަމަރަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް، ދިރާގުޓީވީގެ ޕެކޭޖުތަކުގެ ތެރެއިން ބޭނުން ޕެކޭޖެއް ހިލޭ ފޯރުކޮށްދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ މެނޭޖަރ، ޓީވީ ބިޒްނަސް ޒިހާރު ޒުހައިރު ވިދާޅުވީ ދިރާގުޓީވީގެ ގޯލްޑް ޕެކްއަކީ މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުމަކަށް ފުދޭނެ ޕެކޭޖެއް ކަމަށެވެ.

ދިރާގުޓީވީގެ ޗެނަލް ޕޯޓްފޯލިއޯގައި އެކި އުމުރުތަކާއި އޯޑިއަންސްތަކަށް ގުޅޭ ޗެނަލްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޑިޒްނީގެ ޗެނަލްތަކާއި، ސޮނީގެ އެކި ޗެނަލްތަކުގެ އިތުރުން ޑީސްކަވަރީއާއި ސްޓާ ޗެނަލްތައް ހިމެނެއެވެ. މީގެ އިތުރުން ހިންދީ އަދި އިނގިރޭސި ފިލްމާއި ލަވަ ދައްކައިދޭ ޗެނަލްތަކުގެ އިތުރުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ޗެނަލްތައްވެސް ދިރާގުޓީވީގައި ހުރެއެވެ.

ދިރާގުން ބުނީ އެކުންފުނީގެ ޑިޖިޓަލް އައިޕީޓީވީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެެ ދަށުން، މުޅި ރާއްޖޭގެ 77 ޕަސަންޓު ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނުގެ އަގާއި ކަރަންޓުގެ އަގު ރެކޯޑް މިންވަރަކަށް ހެޔޮކޮށްދޭނަން- ރައީސް ޔާމީން

ވެރިކަމުގެ ދެންއަންނަ ދައުރެއްގައި ޤައުމީ ފެންކުންފުނީގެ މެޖޯރިޓީ ޙިއްސާ ސަރުކާރުންގަނެ، ފެނުގެ އަގު ހެޔޮކޮށް، ރާއްޖޭގެ ކަރަންޓުގެ އަގު ...

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ އަންހެނުން

ކުރިއަށްއޮތް ލޯކަލް ކައުންސިލަށް ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ...

ކޯވިޑް-19 : އައްޑޫއާއި ފުވައްމުލަކުގެ 100 މީހަކު ހޯމް ކަރަންޓީނަށް މަދަމާ، 100 ފުރުވާލަނީ

ކޯވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާން ބޭނުންވާ އިތުރު 100 ...