ނަޝީދަށް ވުރެ ރައީސް ސާލިހުގެ ސިޔާސީ ތަޖުރިބާ ހުންނާނެ -ރޮޒެއިނާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސިޔާސީ ތަޖުރިބާ މާ ހަރުދަނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެކްޓިވިސްޓްއަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ސިޔާސީ ގޮތުން ހަރުދަނާ ތަޖުރިބާއެއް ހުންނެވީ ރައީސް ޞާލިހްގެ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަލާމު ކަން ވެސް ބޮޑު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ލީޑަރު އިބްރާޙިމް މުހައްމަދު ޞާލިހާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ދެބޭފުޅުންގެ ސިޔާސި ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީ އޮތީ ދެ ބަޔަކަށް ބެހިފައެވެ.

ރައީސް އަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންގެ ޚިޔާލު ތަފާތުވުން ބޮޑުވެ ޕާޓީގެ މަޝްރަހު މުޅިން ވަނީ ބަދަލުވެފައެވެ.

ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ކަމަކީ މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ނަފުރަތުގެ ބިލު ފާސް ނުކުރުމެވެ. އަދި ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް ދިއުމުގައި އޮތް ޚިޔާލު ތަފާތުވުމާ ހެދި ވެސް ނަޝީދުގެ ނުރުހުން އެބަ އޮތެވެ.

“ލާދީނީ ގޮވުން” އެއީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވީ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.

މަސްދަރު: ދުވަސް އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ގެއަކަށް ވަދެ، ދެ އަންހެނަކަށް އަނިޔާ ކުރިމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސީނު މީދޫ ސަންބީމުއަށް ރޭ ދަންވަރު މީހަކު ވަދެ، އެގޭ ރަމީޒާއާއި ރަމީޒާގެ މަންމަ ފާތުމަތުދީދީ އަނިޔާކޮށްފިއެވެ. މީދޫ ...

އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް ނިޔާވެއްޖެ

އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. ކެޕްޓަން މުޙައްމަދު ...

ކޮވިޑް 19 ގެ އެންމެ ގިނަ ބަލިމީހުން ފެންނާނީ މެއި 31 ގައި – އެދުވަހު އެކަނިވެސް 1600 ބަލި މީހުން ފެނިދާނެ_- ޑރ . ޝީނާ

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ ގޮތައް ބަލާއިރު އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ މެއި މަހުގެ 31 ...