މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑު ހިފަހައްޓާނަން: ރައީސް

މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޞާލިހުގެ އަތްޕުޅުގައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް އުދަނގޫ ކަމެއްކަން ފާއިތުވެދިޔަ ވެރިކަން ތަކުގައި ފެނިފައިވާނެކަމަށެވެ. ޚާއްސަކޮށް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިގެން ގޮސްފައިވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމުން ދިމާވާ މައްސަލަކަމަށެވެ.

އެންމެ ފުރަތަމަ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމާއި ހަވާލުވުމަށްފަހުވެސް މެޖޯރިޓީ ނެތި ވެރިކަން ކުރަންޖެހުމުން ބޮޑެތި ދަތިތަކާއި ކުރިމަތިވިކަމަށާއި، އެކަންކަން ރައްޔިތުންނަށް ފެނިފައިވާނެކަމަށެވެ. ނަމަވެސް މިހާރު އެމްޑީޕީގެ މެޖޯރިޓީއޮވެ ވެރިކަން ކުރަން ފުރުސަތު ލިބިފައިވުމުން، މަޖިލީހުގެ މެޖޯރިޓީ ދޫކުރައްވަން ބޭނުން ނުވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ

ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު. މެޖޯރިޓީ ނެތި ވެރިކަން ކުރަން ވަރަށް އުދަނގޫވާނެ. 2008 އިން ފެށިގެން މިފެންނަނީ އެމަންޒަރު. އެމްޑީޕީއަށް ފުރަތަމަ ވެރިކަމުގައި ދިމާވީވެސް މަޖިލިސް ނުލިބުމުގެ މައްސަލަ. ވެރިކަމުގައި ހުންނައިރު މެޖޯރިޓީ ހޯދަން މަސައްކަތް ކުރާނަން. އަޅުގަނޑު މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓާނަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ނަޝީދާއި، ސިޔާސީ ގޮތުން އަބަދުވެސް ޚިޔާލު ތަފާތުވާކަމަށެވެ. ޚާއްސަކޮށް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް ނިންމަވާ ނިންމުންތަކުގައި ދެބޭފުޅުންގެ ޚިޔާލު ތަފާތުކަމަށެވެ. ބައެއް ހާލަތްތަކުގައި ރައީސް ނަޝީދު ނިންމަވާ ނިންމުންތަކާއި ގުޅިގެން އެކަންމަށް ޚިޔާލު ދިނުމުންވެސް ރައީސް ނަޝީދު ގަބޫލު ނުކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ވެރިކަމުގައި އެމަނިކުފާނު ހުންނެވިއިރުވެސް ނިންމަވާ ކަންކަމުގައި ރައީސް ނަޝީދާއި، ޚިޔާލު ތަފާތުކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ ޤައުމުގެ ރައީސްގެ ހައިސިއްޔަތު އެންމެ މަސްލަހަތު ހުރިގޮތަކަށް ބަލައި ވަށައިގެން ހުރި ކަންކަމަށް ރިޢާޔަތް ކުރުމަށް ކަމުގައި ރައީސް ޞާލިހު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ

ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ ...

ކޮވިޑް 19 އަށް އައްޑޫސިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްުއަތޮޅުން މިރޭ ...

އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީން އިތުރު 3 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ސިޓީން އަލަށް ނެގުނު 331 ސާމްޕަލްތަލުގެ ...