އިސްކަންދެނީ ވަޢުދު ފުއްދުމަށް، ބައިވަރު ވައުދު ފުއްދަން އެބައޮތް: ރައީސް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމަށްވުރެއް ބޮޑު ވިސްނުމެއް އޮތީ، ވެފައިވާ ވައުދުތައް ފުއްދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަމުގެ ދެވަނަ ދައުރުގެ ވިސްނުމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައީސްކަން 5 އަހަރުގެ 2 ދައުރު ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިފައިވާކަމަށެވެ. އެފުރުސަތު އެމަނިކުފާނަށްވެސް އޮތްކަމަށާއި، ނަމަވެސް އިސްކަން ދެއްވަނީ ވެފައިވަ ވައުދުތައް ފުއްދުމަށް ކަމަށެވެ.

ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެދިޔައީ ކޯވިޑާއި ގުޅިގެން އެއްވެސް ކަމެއް ނުވެކަމަށާއި، ވެރިކަމަށް ވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ނުފުއްދި ގިނަ ވައުދުތަކެއް މިހާރުވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ މީހަކަށްވެސް 2 ދައުރު އެބައޮވޭ. ޤާނޫނު އަސާސީން އެފުރުސަތު އަޅުގަނޑަށްވެސް އެބައޮތް. އެހެންނަމަވެސް ފުރަތަމަ އޮތީ ވައުދު ފުއްދުން. ބައިވަރު ވައުދު އެބައޮތް ފުއްދަން. ފެނާއި ނަރުދަމާ، މާލޭގެ ބޯހިޔާވަހިކަން ފުއްދުމަށް އިސްކަންދެނީ.

– ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ވެފައިވާ ވައުދުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާ ވަހިކަމާއި، ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށެވެ. އަދި އެކަންކަން ނިންމުމަށް ކެނޑިނޭޅި ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމަށްފަހު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލުމާއިމެދު ވިސްނަވާނެކަމަށވެެ. އަދި އެމަނިކުފާނަށް އެފުރުސަތު ތަނަވަސް ވެފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބުގައި 2023 ގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓަކާއި ގުޅިގެން އަދި ގޮތެއް ނިންމާފައި ނުވެއެވެ. ނަމަވެސް މި ޓިކެޓް ކަށަވަރު ވެގެންދާނީ އެމްޑީޕީގެ ޤައުމީ މަޖިލިސް ކޮންޓްރޯލް ކުރައްވާ ބޭފުޅަކަށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީއަށް އެއްވެސް ގޮނޑި އިތުރު ނުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފި

އައްޑޫސިޓީއަށް ރަށްޔިތުންގެ މަޖިލިހުގެ ގޮނޑި އިތުރު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަނުން މިގޮތަށް ނިންމާފައި ވަނީ، އައްޑޫ ...

ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުމުގެ ތަފްސީލް މިއަދު 1 ޖަހާއިރު ހާމަކުރަނީ

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ...

ކަރަންޓީނާއި ހިލާފުވާނަމަ ރަށްތަކުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު

ރަށްރަށުގައި ކަރަންޓީނު ކުރާ ފަރާތްތަކުންނާއި ކަރަންޓީންކޮށްފައިތިބޭ މީހުން އުޅެމުންދާ ގޭގައި އުޅޭ އެހެން މީހުން ކަރަންޓީނު ކުރުމުގެ އުސޫލާ ...