އަދިތިޔާ ނާރާޔަން އާއި އަނބިމީހާ ޝްވެތާ އަގަރްވާލް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ސޮނީ ޗެނަލްއިން ގެނެސްދޭ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ، އިންޑިއަން އައިޑަލް އަދި ޕްލޭބެކް ލަވަކިޔުންތެރިޔާ އަދިތިޔާ ނާރާޔަން އާއި އަނބިމީހާ ޝްވެތާ އަގަރްވާލްއާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

އަދިތިޔާ އަންހެނުންނާ އެކު ޗުއްޓީ ހޭދަކޮށްލުމަށް  ރާއްޖެ އައިސްފައި މިވަނީ އަށް މަސް ދުވަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ އިންޑިއަން އައިޑޮލްގެ 12 ސީޒަން ނިންމާލުމަށްފަހު އެވެ. މިފަހަރުގެ އިންޑިއަންއައިޑަލް ސީޒަން ނިމުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އަދިތިޔާ އަންހެނުންނާ އެކު ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާ އިރު، ބެލެވޭ ގޮތުގައި އެމީހުން ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ.

 އަދި އަދިތްޔާ ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ސަން ސިޔާމް އިރުފުށި ރިސޯޓުގަ އެވެ. އަދިތްޔާ އާއި ޝްވެތާ ބައްދަލުވީ އެމީހުންގެ ފުރަތަމަ ފިލްމު، ޝާޕިތްގެ ސެޓުގެ ތެރެއިންނެވެ. އަދި ކައިވެނި ކުރީ 10 އަހަރު ވަންދެން އެކުގައި އުޅުމަށްފަހު އެވެ.

ތިރީގައި މިވާ ލަވަޔަކީ އަދިތިޔާ މީގެ ކުރިން ރާއްޖެއައިސް ރާއްޖޭގައި ކުޅެފައިވާ ވީޑިއޯ ލަވައެއް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ...

އުރީދޫން މިފަހަރު ޑިޖިޓަލް މިއުޒިކް ޝޯއެއް!

ފިތުރު ޢީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، ޢީދު ސާލާން ބަދަލު ކޮށް، އެންމެން ...

ނިއުމާ ފިލްމު ކުޅުން ހުއްޓާލަނީ

ފިލްމީ ދާއިރާގައި ތޭވީސް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު ފިލްމީތަރި ނިއުމާ މުޙައްމަދު ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އުމުރުން އެންމެ ...