އިންޑިއާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފި

ވެކްސިންގެ ހުރިހައި ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފިއެވެ. ޔޫއެއީން ބުނެފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ހުއްދަ ދީފައިވާ ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކޮންމެ ގައުމެއްގެ ފަތުރުވެރިއެއް ކަމުގައި ވީނަމަވެސް ޔޫއޭއީއަށް ވަދެވޭނެ ކަމަށެވެ.

ޔޫއޭއީން މިގޮތަށް ނިންމާފައި ވަނީ ކޮވިޑާ ހެދި ލަސްކޮށްފައިވާ ޑުބާއި އެކްސްޕޯ ހުޅުވަން މަސްދުވަހަށް ވެފައި ވަނިކޮށެވެ.

އިންޑިއާގެ ރައްޔިތުންގެ ތެރޭން ކޮވިޝީލްޑް ޖަހާފައިވާ މީހުންނަށް ޑުބާއިއަށް ވަދެވޭނެއެވެ. ނަމަވެސް ކޯވެކްސިންއަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައި ނުވާތީ، އެ ވެކްސިން ޖެހުމުން ޔޫއޭއީއަށް އެތެރެއެއް ނުވެވޭނެއެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނިގޮތުގައި ޔޫއޭއިން މި ނިންމުމާ ގުޅިގެން އިންޑިއާއިން ވަނީ އެމިރޭޓްސްއާއި އިއްތިހާދު އެއަރލައިން އިން އިންޑިއާގެ ފަތުރުވެރިން ނޫން މީހުން ޑުބާއީއަށް ދަތުރުކުރުމުގައި ހުރަހެއްވޭތޯ ނުވަތަ ނުވަތަ ނުވޭތޯ ސާފު ކުރުމަށް އެދެފައެވެ. އިންޑިއާއަށް 14 ދުވަސް ތެރޭގައި ޒިރާޔަތް ކޮށްފައިވާ މީހަކަށް ނުވަތަ އިންޑިއާގައި ހުރެފައިވާ މީހަކަށް ކުރިން ޔޫއޭއީއަކަށް ނުވަދެވެއެވެ.

ޔޫއޭއީގެ ނޭޝަނަލް އިމަރޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރ އިން ބުނިގޮތުގައި ޓޫރިސްޓް ވިސާ އޮތް ކޮންމެ މީހަކަށްވެސް މި އެއްނގުމުގެ ދަށުން ޔޫއޭއީއަށް އެތެރެ ވެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި އޯ.އައި.ސީ އިން އިޢުލާންކޮށްފި

އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީ އިން ކަނޑައަޅައި އިޢުލާންކޮށްފިއެވެ. އޯ.އައި.ސީން ...

ޔޫއޭއީގައި އިސްރާއީލުގެ އެންބަސީއެއް ހުޅުވައިފި

އިސްރާއީލުގެ އެންބަސީއެއް ޔޫއޭއީގައި ހުޅުވައިފިއެވެ. ޔަހޫދީންގެ އެންބަސީއެއް ޔޫއޭއީގައި ހުޅުވައިދެއްވާފައިވަނީ އިސްރާއީލުގެ އައު ޚާރިޖީ ވަޒީރު ޔައިރު ލަޕީދު ...

އެމެރިކާގެ ކުންފުންޏަކުން އެމްއެޗް370 ހޯދުމުގެ މަސައްކަތް ފަށައިފި

2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް ތްރީ ...