ފަނޑިޔާރުގެއާއި މެދު ރައްޔިތުންގެ އިތުބާރު މިހާރު ލިބިއްޖެ – ހިސާން

ފަނޑިޔާރުގެތައް މިއަދު ރައްޔިތުންގެ އިތުބާރު ކުރާ ތަންތަނަށް ވެފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުން ހުވާ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއިކު ހުކުމްތައްކޮށް، ޤާނޫނު އަސާސީ ނަގަހައްޓައި ދެމެހެއްޓުމަކީ ދިވެހި ރައްޔިތުން ކުރަމުންދިޔަ އުންމީދެއްކަމަށެވެ. 2008 ވަނަ އަހަރުން ފެށިގެން އެކި ތުހުމަތުތަކާއިއެކު މިހިސާބަށް އައިރު ރައްޔިތުން ބޭނުންވި ބަދަލުތަކެއް ނާންނަ ކަމަށެވެ.

ނަމަވެސް މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުން އިސްނަގްނަވައިގެން ކުރައްވާ މަސައްކަތްތަކުން ފަނޑިޔާރުގެތަކާއިމެދު ރައްޔިތުން ކުރާ އިތުބާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. މިކަން ހާސިލް ކުރެވުނީ ފަނޑިޔާރުންނާއި، ފަނޑިޔާރުގެ ތަކުގައި ތިއްބެވި ދުވަސްވީ ބޭފުޅުންގެ މަޝްވަރާއާއިއެކުގައިކަމަށް ހިސާން ވިދާޅުވިއެވެ. ޖޭއެސްސީން މިއަދު އެންމެ ބޮޑު ސަމާލުކަމެއްދެނީ ފަނޑިޔާރުގެއަކީ ރައްޔިތުން އިޚުތިރާމް ކުރާތަނަށް ހެދުންކަމަށެ. އެކަން މިއަދު ހަގީގަތަކށް ހެދެމުންދާކަމަށެވެ.

ފަޑިޔާރުގެ މިއަދު ބަދަލުވެއްޖެ. މިބަދަލުއައީ ބޭރުން ބަޔަކު ކުރި މަސައްކަތަކުން ނޫން. ހަގީގަތުގައި ފަނޑިޔާރުގެއަށް ރައްޔިތުން ކުރާ އިތުބާރާއި، ރައްޔިތުންގެ އުންމީދާއި އެއްގޮތަށް ފަނޑިޔާރުގެ ބަދަލުވެގެން އައީ ފަނޑިޔާރުންގެ ބުރަ މަސައްކަތުން.

– ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ފަނޑިޔާރުންގެ ކަންކަން ހަރުދަނާކޮށް، ޒަމާނީ ފަނޑިޔާރުގެއަށް ތަރޯ ބަޔަކަށް ހެދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފަޑިޔާރުގޭގެ އިތުބާރަކީ ފަނޑިޔާރުގެ ސުލޫކާއި، ގާބިލްކަން އިތުރު ކުރުމަށް މިއަހަރުގެ މިހާ ތާނަށް 14 ޓްރެނިންއެއް ގެންދެވިފައިވާކަމަށާއި، އަދި މިއަހަރުގެ އިތުރު 30 ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. ޖޭއެސްސީން މަސައްކަތް ކުރަނީ ފަނޑިޔާރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީން އެންމެ މަތީ ދަރަޖައަކަށް ދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެ – ރައީސް ޔާމީން

އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ...

ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ...

ސޭވް އައްޑޫ ކެމްޕޭނުގައި ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުން ބައިވެރިވަނީ

އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ޤާއިމުކުރާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އައްޑޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ “ސޭވް އައްޑޫ” ...