އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އެމެރިކާއަށް ވަޑައިގަންނަވަނީ

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ މި އަހަރުގެ އާންމު މަޖިލިސް ރަސްމީކޮށް ހުޅުވޭނީ މިއަދު އެވެ. މިއަދުން ފެށިގެން އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ރާއްޖޭގެ ދާހިލީ ވަޒީރު އަބްދުالله ޝާހިދު އެވެ. މިއާއި އެކު މިމަހުގެ 21 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ތަގުރީރުކުރައްވާއިރު، ރިޔާސަތުގައި ޝާހިދު އިންނަވާނެތީ، އެ ވަގުތު ވެގެންދާނީ ރާއްޖެއަށް ތާރީހީ ވަގުތު ކޮޅަކަށެވެ.

މެމްބަރުތަކުގެ އާންމު ބަހުސް ފެށުމަށް ހަމަހެޖިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް މިވަގުތު ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ. އޭގެ ކުރިއަށް ތަގްރީރު ކުރާނީ ބްރެޒިލްގެ ރައީސް އާއި އެމެރިކާގެ ރައީސް އެވެ.

މެމްބަރުތަކުގެ އާންމު ބަހުސް 21 ވަނަ ދުވަހު ފެށިގެން 25 އާ ހަމައަށް ކުރިއަށްދާނެ އެވެ.

މިއީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ.ގައި ތަގުރީރުކުރައްވާ ދެވަނަ ފަހަރެވެ. އެމަނިކުފާނު 2019 ވަނަ އަހަރު އދ.ގައި ތަގުރީރުކުރައްވާފައިވަނީ، ރާއްޖޭގެ އެންމެ އިސްވެރިޔާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫގައި ޕޮލިސް ވެހިކަލާ ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިގައި

ހުޅުދޫ ޑިމިޝްކަރަ ސަރަހައްދުން ޕޮލިސް ވެހިކަލާއި ކައިކަލެއް ޖެހި އެކްސިޑެޓް ހިގައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުން މިއެކްސިޑެންޓް ހިގާފައިވަނީ ހުޅުދޫ ...

މިއަދު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވީ 4 މީހުން

އައްޑޫ ސިޓިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ...

ރައީސް ޔާމީންއަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ: ރައީސް ނަޝީދު

ކުރީގެ ރައީސް ޔާމީންއަށް ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ...