ކުޑަ ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުވާ ފުލުސް މީހާ ސަސްޕެންޑު ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކުރި ފުލުސްމީހާ ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ސަބް އިންސްޕެކްޓަރު ރޭންކުގައި ހުރި އަހުމަދު ނަޒުމީނު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އޭނާ ހައްޔަރުކުރަން ގޮވާލައި، ގިނަ ބަޔަކު ހިތަދޫގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.

އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވަނީވެސް އެދުވަހު އެވެ. އަދި ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ އިރު، އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

  • ކޮމެންޓްސް (1)

  • އަހުމަދު

    މީހުންގެ އަނބިން ކައޮރިޔަށް ވަންނަ ފުލުހުންނޯ؟؟؟

    ހުޅުމީދޫ ސްޓޭޝަނުގަ ތިބެނީ ހުސްމީހުންގެ އަނބިން ކަިއިރަށްވަންނަ މީހުން. ޔާމިން، ސުއެއިދު.. އެންމެނަށް އިނގޭ ހަގީގަތްމީ. އެމީހުންނާދޭތެރޭ ފިޔަފަޅު ނާޅަނީއޯ؟

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ކޮޅުނބުގައި ބައްދަލު ކުރުމަށްފަހު ރާއްޖެ ބާރުގެ ބޭނުންކޮށްގެން ހިފުމަށް އިންޑިއާގެ ރާޖަ ސަބާގެ ...

ކޮވިޑް-19 : ށ. މިލަންދޫ ކަރަންޓީނު ކޮށްފި

ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ. މިލަންދޫ ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން ...

މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް  ގއ. މާމެންދޫއިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެވެ. މާމެންދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި ...