އައްޑޫސިޓީން އިތުރު 23 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން އިތުރު 23 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

ހޮނިހިރު ދުވަހުގެ  އިރުއޮއްސި ހަޔަކުން އާދީއްތަ  ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު  ސާމްޕަލްގެ ތެރެއިން 23 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 14 މީހަކާއި ފުލޫ ކުލިނިކަށް ދެއްކި މީހަކާއި ސަވައިލަންސް ސާމްޕަލަކާއި ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫއިން އިއްޔެ ޕޮޒިޓިވްވި 23 މީހުންގެތެރޭގައި ހިމެނީ ހިތަދުން ޕޮޒިޓިވްވި ދެމީހަކާއި މަރަދުން ޕޮޒިޓިވްވި 4 މީހެއްގެ އިތުރަށް ފޭދުން ޕޮޒިޓިވްވި 17 މީހުންނެވެ.  

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް އަދިވެސް  އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 97 ކޭސް އުޅޭއިރު، ހިތަދޫގައި 46 ކޭސް، ފޭދޫގައި 49 ކޭސް، މަރަދޫފޭދޫގައި 05 ކޭސް އަދި ހުޅުދޫގައި 2 ކޭސް އަދި މީދޫގައި 5 ކޭސް އުޅޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަނެއްކާވެސް އިތުރު 25 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

އަނެއްކާވެސް އިތުރު 25 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިފަހަރު ޕޮޒިޓިވްވެފައިވަނީ 5 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހުންނެވެ. ތަފްސީލް ...

ޗެލެންޖާސްއާއި ލޮތަރި އެފްސީގެ ކުރިމަތިލުމަކުން ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ ފަށަނީ

މީދޫގައި  މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕް ”  ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗްތަކުގެ ގުރުއަތުން ...

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ...