ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސަށް

ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ސްޕެއިން ބަލިކޮށް ފްރާންސް ހޯދައިފިއެވެ.

އިޓަލީގެ މަޝްހޫރު ސަން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅެވުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސްޕެއިނުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސާޖީ ބުސްކެޓްސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ފްރާންސުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކީލިއަން އެމްބާޕޭގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ތެއޯ ހެނާންޑޭޒް ހޯދައިދިން ފުރުސަތެއްގެ ބޭނުންކޮށް އެމްބާޕޭ ވަނީ ލަނޑެއް ޖަހައި، މި މެޗުން ފްރާންސް މޮޅުކޮށްދީފައެވެ.

މި ލަނޑު ޖެހިއިރު އެމްބާޕޭ އޮފްސައިޑުގައި ހުރި ކަމަށް ސްޕެއިނުގެ ކުޅުންތެރިން އެޕީލްކުރި ނަމަވެސް، އެމްބާޕޭއަށް ބޯޅަ ލިބުމުގެ ކުރިން ސްޕެއިނުގެ އެރިކް ގާސިއާގެ ފައިގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ނިންމީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ.

އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން ސްޕެއިނުން ގިނަ މަސައްކަތްތަކެއް ކުރިއިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޮޔާޒަބާލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން ސްޕެއިނުގެ ޔެރެމީ ޕީނޯ ފޮނުވާލި ހަމަލާއެއްވެސް ލޮރިސް ވަނީ ހުއްޓުވާފައެވެ.

ނޭޝަންސް ލީގުގެ ޗެމްޕިއަން ހޯދިއިރު، މިއީ ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށްފަހު އެ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާކަޕް 2018 – ފުރަތަމަމެޗް ކާމިޔާބުކުރީ ގައުމު އެފްސީ

ސިޔާކަޕް ފުޓްބޯޅަ މުބާރާތް އިއްޔެ ހަވީރު މީދޫގައި ފަށައިފިއެވެ. ފަސްޓީމު ބައިވެރިވެފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ...

ގައުމު ސްޓްރީޓް ކަޕް : މިއަދުގެ މެޗުވެސް ބީރިކަނާ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު ކުޅުނުމެޗް އެފްސީ ...

ޝަރަފުއްދީނާއި ހިތަދޫ ސްކޫލްގެ މެޗް އެއްވަރުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޝަރަފުއްދީން ސްކޫލަށް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި  އިއްޔެ ހަވީރު ޝަރަފުއްދީން ސްކޫލާއި ...