ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އާއި، ބަނގްލާދޭޝް ބައްދަލުކުރި މެޗް އެއްވަރުވުމުން ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އަށް ކަށަވަރު ވެއްޖެއެވެ.

މިއީ މި މުބާރާތުގެ ފައިނަލަށްނޭޕާލް ދަތުރު ކުރި ފުރަތަމަ ފަހަރަށް ވާއިރު ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ.

މިމެޗުގެ 09 ވަނަ މިނެޓުގައި ބަންގްލަދޭޝް އަށް ލީޑު ނަގައިދިނީ، ޖަމާލް ނަގައިދިން ހުރަހަކުން އެމްޑީ ސުމަން ރެޒާ އެވެ. ނޭޕާލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ބަންގުލަދޭޝް އިން ގޯލު ކާމިޔާބުކުރީ އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުންނެވެ.

މެޗުގެ 16 ވަނަ މިނިޓުގައި ނޭޕާލްގެ ގައުތަމް ޝްރެސްތާ އޭރިޔާ ތެރެއަށް ވަދެ، ހުރަސްކޮށްލި ބޯޅަ އަށް އެ ޓީމުގެ ރޯހިތު ޗާންދު އެރި ނަމަވެސް، އޭނާ ފޮނުވާލި ބޯޅާ ދިޔައީ ބޭރަށެވެ. މީގެ އިތުރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނަވަޔުގް ޝްރެސްތާ ބޮލުން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ބަންގްލަދޭޝް ލީޑުގައި އޮވެ ކުޅެމުންގޮސް އެޓީމަށް މާޔޫސްކަން ލިބުނީ މެޗުގެ 79 ވަނަ މިނެޓުގައި މޮޅަށް ކުޅެމުންދިޔަ ބަންގުލަދޭޝް ގޯލްކީޕަރު އަނީސުރް ރަހުމާނަށް ރެފްރީ ދެއްކި ރަތް ކާޑާއެކު ބަންގުލަދޭޝްގެ ކުޅުންތެރިޔަކު މަދުވުމުންނެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ބިޝްވާންތް ނޭޕާލުގެ އަންޖަން ބިސްތާއަށް ކުރި ފައުލަކާއި ގުޅިގެން ނޭޕާލަށް ޕެނަލްޓީއެއް ލިބުނެވެ. އަންޖަން ބިސްތާ ވަނީ މި ލަނޑު ކާމިޔާބުކޮށް ނޭޕާލް މުބާރާތުގެ ފައިނަލް ޔަގީންކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޮލިސްކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސްއިން އިންތިޒާމްކޮށްގެން ޕޮލިސް ދަނޑުގައި އީދު ދުވަހުގެ ރެއިން ފެށިގެން ...

ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑް ސެމީއާ ގާތަށް

ޔުވެންޓަސްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާއިގެން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލާ ގާތަށް ރެއާލް މެޑްރިޑް ...

މިސަރުކާރުން ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ 50 ފުޓްސަލް ދަނޑު ރައީސް އަބްދުﷲ ޔާމީން މިރޭ ހުޅުއްވާ ދެއްވައިފިއެވެ. ...