މިއަދު މީދުން ކޮވިޑް 19 އަށް 6 މީހަކު ޕޮޒިޓިވްވެއްޖެ

މީދުން ކޮވިޑް 19 އަށް 6 މީހަކު ޕޮޒިޓިވްވެއްޖެވެ.  

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު މީދުން 6 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެވެސް މީދުން އެކަކުވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ސްކޫލް ކުއްޖަކުވެސް ހިމެނޭކަމަށާ އަދި މީގެ އިތުރަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައެއް މީހުން ގިނައަދަދެއްގެ ބަޔަކާ ކޮންޓެކްޓް ވެފައިވާތީ އެފަރާތްތަކުގެ މައުލޫމާތު ހޯދާ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ސިއްހީމަރުކަޒުގެ ފަރާތުން ކުރަމުންދާކަމަށްވެސް  މައުލޫމާތު ލިބިފައިވެއެވެ.

މިއަދު މީދުން 6 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އިއްޔެވެސް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން 21 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑޫ ހޮސްޕިޓަލުން އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ދުވަހުން ދުވަހަށް މީގެކުރީން އެހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާމަކުރަމުންދިޔަ ނަމަވެސް މިމަހުގެ 19 ވަނަ ދުވަހުންފެށިގެން ހޮސްޕިޓަކުން އެމައުލޫމާތު ހާމަކުރަމުން ނުދާކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ އެއިމްސް އަށް ނުދޭން ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން އަންގައިފި -އިހުސާން

ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހިދުމަތަށް ހުއްދަ ދެވެން ނެތްކަން، އައްޑޫ ސިޓީ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ...

“ރަށްފެހި ޕްރޮގްރާމް” ނަލަފެހި ޖަމްއިއްޔާއިން މީދޫގައި ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފި

އިއްޔެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް “ރަށްފެހި ...

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފި އެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ ހައްޖު ދުވަހެއްގެ ފަތިސް ...