އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލަރގެ ބިޔަ މަޝްރޫޢެއް

އައްޑޫ ސިޓީގައި 2023ގެ ނިޔަލަށް 10 މެގަ ވޮޓްގެ ފްލޯޓިންގ ސޯލަރ އިންސްޓޯލްކޮށް ނިމޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިއީ މުޅި ރާއްޖޭގެ ޙަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލު ގެނުވާނެފަދަ ބިޔަ މަޝްރޫޢެއްކަމަށެވެ.

ހަކަތައިގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ހަކަތަ ރައްކާކުރެވޭނެ ނިޒާމު ޤާއިމުކުރާނެ ބިން ނެތުން ކަމަށާއި މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަކަތަ އުފައްދާނެ ޓެކްނޮލޮޖީއެއް ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ އިރުގެ އަލިން އުފައްދާ ހަކަތަ ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރާނެ ބިން ރަށްރަށުގައި ނެތުމަކީ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން އާ ޓެކްނޮލޮޖީއެއް ތަޢާރަފްކޮށް ކަނޑާއި ވިލުތަކުގައި ފްލޯޓިންގ ސޯލަރ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ

“އިރާދަކުރެއްވިއްޔާ މިމަޝްރޫޢުގެ ދަށުން 2023ގެ ނިޔަލަށް އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލަރ ޤާއިމުކޮށް ނިމޭނެ. މިވެގެންދާނީ މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު ފްލޯޓިންގ ސޯލަރ އިންސްޓޮލޭޝަނަށް.” މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިމަޝްރޫޢު ކުރިއަށްގެންދިޔުމަށްޓަކާ އެކުލަވާލަންޖެހޭ ހަކަތައިގެ ޤާނޫނު އެކުލަވާލާފައި ވާއިރު ވިޔަފާރި އުސޫލުން ހަކަތަ ގަތުމަށް ބޭނުންވާ އުސޫލުވެސް މިހާރުވަނީ އެކުލަވާލާފައެވެ. ހަމައެއާއެކު މިހާރު ހުރި ގަވާއިދުތަކަށް ގެންނަޖެހޭ ބަދަލު މިހާރު ގެނެސްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ފްލޯޓިންގ ސޯލަރ އާއި ގުޅޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމުމުގެ މަރުޙަލާގައި އޮތްއިރު ކަރަންޓު ބިލު އެކުލަވާލާ އުސޫލަށްވެސް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ވަރަށް އަވަހަށް ފެނަކައާއި ގުޅިގެން ގޭބިސީތަކުގައި ހުރި ސޯލަރ ޕެނަލްތަކުން ހަކަތަ ގަތުމުގެ މަޝްރޫޢެއް ފެށުމަށްވެސް ތައްޔާރުވަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ފްލޯޓިންގ ސޯލަރ މަޝްރޫޢުގެ އިތުރުން ބެޓްރީގައި ހަކަތަ ރައްކާކުރުމުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ މަރުޙަލާވެސް ކުރިއަށްގެންދަނީ އައްޑޫ ސިޓީގައެވެ. އެގޮތުން އައްޑޫގައި ލާޖް ސްކޭލްގައި ނުވަތަ ޔޫޓިލިޓީ ސްކޭލްގައި އެންމެ ފުރަތަމަ 1 މެގަވޮޓްގެ ބެޓްރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް މިއަހަރުތެރޭގައިވަނީ ޤާއިމުކޮށްފައެވެ. މިމަސައްކަތް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މަސްދަރު : ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާރުވަޔާއެކު ރޭދަންވަރުކުރި ވިއްސާރައިގައި މީދޫއާއި ހުޅުދޫގެ 3 ގެޔަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ

އައްޑުއަތޮޅަށް ރެއިންފެށިގެން ކުރަމުންދާ ވިއްސާރައިގެ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއާއި ހުޅުދޫގެ ބައެއް ...

ޖުޑިޝަރީ އިސްލާޙް ކުރުމަށް ދަނީ މަޝްވަރާ ކުރަމުން –ޝައުނާ

ރާއްޖޭގެ ޖުޑިޝަރީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ...

ސ. ހުޅުދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ...