ބުނަންޖެހޭ އެއްޗެއް ބުނަން، ފަސްޖެހިގެން ނުވާނެ- ރޮޒެއިނާ

ގްރޭޓާރ މާލެ ސަރަހައްދަށް ސިޓީ ކައުންސިލެއް ބޭނުން ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، މެމްބަރު އިކްރާމަށް ބުލީ ކުރި ކަމުގެ ތުހުމަތު އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒިއިނާ އާދަމް ކުރައްވައިފިއެވެ.

އިކްރާމް އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލެ ސިޓީ އޭރިއާ ނުވަތަ ގްރޭޓާ މާލެ އޭރިއާއަކީ އެއްވެސް ހާލެއްގައި ސިޓީ ކައުންސިލެއް އޮންނަންޖެހޭ ތަނެއް ނޫންކަމަށެވެ. މިއީ މައި ސަރުކާރު ހިންގާ ސިޓީއަށް ވެފައި މިސިޓީގައި އިތުރު ކައުންސިލެއް އޮންނަން ޖެހޭކަމަށް ނުދެކޭކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ. އިކްރާމްގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިކްރާމްގެ ވާހަތަކާއިމެދު ލަދުވެތިވާކަމަށެވެ. އަދި އެމްޑީޕީއަކީ އިކްރާމް ވިދާޅުވިފަދަ ގޮތަކަށް ކަންކަން ކުރާ އަދި އެވިސްނުމަށްވެސް ތާއީކުރާގެ ޕާޓީއެއް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.

މިވާހަތަކާއި ގުޅިގެން މެމްބަރު ރޮޒޭނާ ވިދާޅުވީ ބުލީ ކުރުން އެއްގޮތަކަށްވެސް ޓޮލަރޭޓް ކުރައްވާނެ ކަމެއް ނެތްކަމަށެވެ. އެމީހަކު ދެކޭގޮތް ހާމަ ކުރުމުގައި ފަހަތަށް ޖެހި ބިރުން ހުންނާނެ ކަމެއް ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ބުލީ ކުރުން ޓޮލަރޭޓް ކުރައްވާނެ ކަމެނެތް. ދެކޭގޮތް ހާމަކުރައްވަން ފަހަތަށް ޖެހިވަޑައި ނުގަންނަވާތި.

– ރޮޒައިނާ ވިދާޅުވިއެ

ޒޮޒައިނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އަދި އެންމެ ޕްރޮޑަކްޓިވްކޮށް ނަތީޖާ ނެރެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ ނިޒާމެއް ނޫންކަމަށެވެ. އެކަން ރަނގަޅު ކުރުމަށް އެމީހެއްގެ ޚިޔާލު ފާޅުކޮށް ދެކޭގޮތް ހާމަ ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. ކީރިތި ޤުރުއާން ފިޔަވައި ދެން ކޮންމެ އެއްޗަކީވެސް ބަދަލު ކުރެވޭނެ އެއްޗެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ ޚިޔާލު ފާޅު ކުރެވޭނެ. ލާމަރުކަޒީ ނިޒާމު އަދިވެސް އެންމެ ޕްރޮޑަކްޓިވްކޮށް ނަތީޖާ ނެރެވޭގޮތަށް ބައްޓަމެއް ނުކުރެވޭ. އެކަން ރަނގަޅު ކުރެވޭނީ ޚިޔާލު ފާޅުކޮށްގެން. ޤުރުއާން އެކަނި ބަދަލު ނުކުރެވޭނީ. ސިޔާސަތަކީ ކުރާ ތަޖުރިބާތަކައި އެކު ބަދަލުވާ ކަންކަން.

– ރޮޒައިނާ ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން ކުރިން އޮތް ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް ބާރުދޫކޮށްލައި އެކުލަވާލި ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ސާފު އައިލަބިއްޔަތު ނަގާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

މާލެ ސިޓީ ކައުންސިލް އިދިކޮޅު ޕީޕީއެމްއިން މެޖޯރިޓީއާއިއެކު ހިންގާއިރު، މާލޭގައި ސިޓީ ކައުންސިލުން ގެންދަނީ ތަރައްޤީގެ ކަންކަން ކުރަމުންނެވެ. އެގޮތުން ސިޓީ ކައުންސިލްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ބާރު ސްޕީޑުގައި ކުރަމުންދާތީ ސިޓީ  ކައުންސިލަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

މަސްދަރު : ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

ހުޅުދޫއާއި މީދޫގައި ވެސް ހަލުއި ކަމާއެކު ކޮވިޑް 19 ގެ ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށްހުޅުދޫއާއި މީދޫގެ ...

އައިއެސް އާއި ގުޅުންހުރި ބަޔަކު އައްޑޫ އިން ހައްޔަރުކޮށްފި

އައިއެސް އަށް ނިސްބަތްވާ ބަޔަކު އައްޑޫ އިން ހައްޔަރުކޮށްފި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ. ނަމަވެސް އެ ...

ދިއްދޫގައި ކަރަންޓީނު ކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފި

ހއ. ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކޮށްފިއެވެ. މިއީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ...