ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް އެހީތެރިވުމަށް ލަންކާއިން އެއްބަސްވެއްޖެ

ރާއްޖޭގައި ބައެއް ކުޅިވަރުތައް ކުރިއެރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންކާއިން އެއްބަސްވެއްޖެއެވެ.

ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރަތް ބައްލަވާލެއްވުމަށް ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސައާ ބައްދަލުކުރައްވައި މަޝްވަރާ ކުރެވުނު ޔޫތު އެމްއޯޔޫގެ ތެރެއިން ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ރާއްޖެއަށް ތަނަވަސްކޮށްދޭ ގޮތަށް ނިންމައިފައެވެ.

މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމަށްފަހު މިނިސްޓަރ މަހްލޫފް ވިދާޅުވީ، މިހާރު ސޮއި ކުރެވިފައިވާ ޔޫތު އެމްއޯޔޫ ގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ދެޤައުމު މަސައްކަތް ކުރުމަށް އެމްއޯޔޫ އެއްގައި ސޮއިކުރުމަށްވަނީ އެއްބަސްވެވިފައި ކަމަށެވެ. އެގޮތުން ބައެއް ކަންތައް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިހާރުވެސް ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަންކަން:

  1. ލަންކާ ޤައުމީ ވޮލީ ޓީމު ރާއްޖެއަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ޑިސެންބަރު މަހު ދަތުރު ކުރުން.
  2. ރާއްޖޭގެ ސަރފަރުންނާ ލަންކާ ސަރފަރުންނާއެކު ލަންކާކައި ފެސްޓިވަލެއް ބޭއްވުން.
  3. ދެޤައުމުގެ ޖުނިއަރ ޓީޓީ މުބާރާތެއް ޖެނުއަރީ މަހު ބޭއްވުން.
  4. ޔޫތު އެކްސްޗޭންޖް ޕްރޮގްރާމެއްގައި ދިވެހި ޒުވާނުން ލަންކާއަށް ދަތުރެއް ކުރުން.
  5. ލަންކާ ބީޗް ވޮލީ ޓީމް ރާއްޖެއަށް ދަތުރު ކުރުން.
  6. ކެންޔާ އަށް ލޯންގް ޑިސްޓެންސް 2 އެތުލީޓުން ފޮނުވަދިނުން.

ދާދި ފަހުން ޔޫތު މިނިސްޓަރު މަހުލޫފް ބަހްރޭނަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ގައުމާ އެކު ވެސް އެއްބަސްވުމެއް ހަދައި ދިވެހި ކުޅިވަރަށް ބޮޑެތި ފުުުރުސަތުތަކެއް ހޯދައިދޭން މަޝްވަރާކުރައްވައިފަ އެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް 2020: ދެވަނަ ދުވަހުގެރޭގެ މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ ދެވަނަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީއާއި ...

” މިނިވަން ކަޕް ” ފުޓްސަލް މުބާރާތް – އައްޑޫގެ ފުޓްބޯޅައިގެ ދިރުން

މިފަހަކަށް އައިސް އައްޑުއަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ...

އައްޑޫ ޔޫތު ޗެލެންޖް 2020 ” ގެ ގުރުއަތުލުން ބާއްވައިފި- ފުރަތަމަ މެޗްގައި ހުޅުދޫ- ހިތަދޫ “

20 އަހަރުން ދަށުގެ  ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ” އައްޑޫ ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ...