މިއަދު މީދުން 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މީދޫއާއި ހުޅުދުން މިއަދު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ  ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުން ޕޮޒިޓިވްވި 5 މީހަކާއި   ސަވައިލެންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި ދެ މީހެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 7 މީހުންވެސް ޕޮޒިޓިވްވެފައިވަނީ މީދުންނެވެ.

މިއަދު ޕޮޒިޓިވްވި 7 މީހުންގެތެރޭގައި އެމްޓީސީސީގައި މަސައްކަތް ކުރަމުންއަންނަ މީހަކުވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.  

ކޮންޓްރޯލްވުމެއްނެތި މީދޫގައި ކޮވިޑް 19 މީދޫގައި ފެތުރެމުންދާއިރު ކޮވިޑް 19 އާއި ގުޅިގެން މީދޫއާއި ހުޅުދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ރޭގަޑު 9:00 އިން ފަތިހު 4:00 އަށް މިދެރަށުގައި ކާފިއު ހިންގާފައިވާކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ. މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާކަހަލަ ...

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފިއެވެ. އުލޫމާތު ލިބިފައިވާ ...