ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވެގެން: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވީ ކޮނޑު ތާށިވުމުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭއީއެޗުން ނެރުނު ބަޔާނުގައި ބުނީ ކުއްޖާ މަރުވުމަށް މެދުވެރިވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ (ޝޯލްޑާ ޑިސްޓޯޝިއާ) ދިމާވި ކޮމްޕްލިކޭޝަނެއްގެ ސަބަބުން ކަމަށެވެ.

ޝޯލްޑާ ޑިސްޓޯޝިއާ އަކީ މަދުން ނަމަވެސް ދިމާވުމުން އޭގެ ސަބަބުން މައިމީހާއާ ކުއްޖާގެ ފުރާނައަށް ނުރައްކާވާ ހާލަތަކެވެ.

“މި ހާދިސާގައި ކުއްޖާ ވިއްސުމަށްފަހު ތުއްތު ދަރިފުޅު ރިސައިޓޭޓް ކުރެވިފައިވޭ. ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި” އޭއީއެޗްގެ ބަޔާނުގައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅުކުރަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީސީއާރާ ނުލައި މިހާރު އައްޑޫސިޓީއަށް ދަތުރުކުރެވޭނެ

ކަނޑައެޅިފައިވާ މިންގަނޑުތަކަށް ކޮވިޑް ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ލިސްޓްގައި އައްޑޫސިޓީގެ ރަށްތައް  ހިމެނިއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ ...

ކޮވިޑް 19 އަށް އައްޑޫސިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްުއަތޮޅުން މިރޭ ...

ކޯވިޑް-19 : މިއަދު އެކަނި މިހާތަނަށް 50 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް މިއަދު އެކަނި ޕޮޒިޓިވްވި މީހުންގެ އަދަދު 50ހަށް އިތުރުވެއްޖެއެވެ. މިހާތަނަށް 191 މީހުން ރާޢްޖެއިން މި ...