އެމްއެންޕީގެ މެމްބަރުން އިތުރު ކުރުމަށް ހުޅުދޫއާއި މީދުއަށް ދަތުރެއްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ފާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، އެޕާޓީގެ ލީޑަރޝިޕް އަދި އެގްޒެކެޓިވް ކައުންސިލް މެންބަރުން ހުޅުދޫއާއި މީދުއަށް  ދަތުރުފުޅެއް ކުރައްވައިފިއެވެ.

ދެދުވަހުގެ މިދަތުރުގެ އެންމެ ބޮޑު އަމާޒަކީ ހުޅުދޫއާއި މީދުން އެމްއެންޕީގެ މެންބަރޝިޕް އިތުރުކުރުމާއި، ޕާޓީގެ ހަރަކާތްތައް ސެންޓްރަލް ރީޖަންގައި ފުޅާކޮށް ހިންގުންކަމަށް އެޕާޓީން ބުނެފައިވެއެވެ. 

މިދަތުރުގެ ތެރެއިން ހުޅުދޫއާއި މީދޫގައި ތިއްބެވި ފާޓީގެ މެންބަރުންނާ ބައްދަލުކޮށް ދެރަށުގައި އެމްއެންޕީގެ ހަރަކާތްތައް ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެމްއެންޕީގެ މެމްބަރުން މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

 މީގެ  އިތުރުން ހުޅުދޫއާއި މީދޫގައި ހަރަކާތްތެރިވާ ޒުވާނުންނާއި  ބައެއް ކުލަބު ޖަމުޢިއްޔާތަކާ ޕާޓީގެ ލީޑަރޝިޕުން ވަނީ ބައްދަލުކުރައްވާފައެވެ.

މިގޮތުން ޒުވާނުންނާއި ޖަމްއިއްޔާތަކުގެ ކަންބޮޑުވުންތައް އައްސަވާ، އެހީތެރިވެދެވެން ހުރި ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ދެންނެވިއެވެ.

އެމްއެންޕީގެ މެމްބަރުން މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށާ ޕާޓީ ޕްރޮމޯޓް ކުރުމަށް އެމްއެންޕީގެ ލީޑަރ ޝިޕްގެ ބޭފުޅުން ހުޅުދޫއާއި މީދުއަށް ކުރެއްވި މިދަތުރުގައި މީދޫއާއި ހުޅުދޫގައި ޑޯޓުޑޯ ހަރަކާތެއް ހިންގައި، ރައްޔިތުންގެ ހާލުބައްލަވައި އެމްއެންޕީއާ ގުޅުމަށް ރައްޔިތުންނަށް ދައުވަތު ދެއްވާފައިވެއެވެ.  އެގޮތުން މީދޫއާއި ހުޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމްއެންޕީއާ ގުޅިފައެވެ. ޚާއްޞަކޮށް ރަށުގެ ޒުވާނުންގެ ފަރާތުން އެމްއެންޕީއާ ގުޅުމަށް ބޮޑު ތަރުހީބެއް ލިބުނުކަން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީއަށް މެންބަރުން އައްޑޫސިޓީއަށް ކުރި މިދަތުރުގައި އެޕާޓީގެ އޮފީހެއް ފޭދޫއާއި ހިތަދޫގައިވަނީ ހުޅުވާފައެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު ދައުރެއް ދެއްވައިފިނަމަ ރައީސް ޔާމީން ވާނީ ދުނިޔޭގެ ވަރުގަދަ ޝަޙްސިއްޔަތަކަށް – މިނިސްޓަރ ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފިނަމަ، ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތްތަކުގެ ތެރޭގައި އެމަނިކުފާނު ...

އައްޑޫ ސިޓީން މިއަދު 23 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑާއި ގުޅިގެން މިވަގުތު ކާފިއު ހިންގުމަށްފަހު  މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ  އައްޑޫ ސިޓީން މިއަދު 23 މީހަކު ކޮވިޑް ...