މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް : ރާއްޖެ ކަޓައިފި

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަަޓައިފިއެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މިމުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިންމެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ނުވެ އެވެ.

މިއަދު ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިމެޗުން މޮޅުވިނަމަ ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ޖާގަ ލިބޭނެ އެވެ

މިމެޗް އެއްވަރުވުމުން 3 މެޗުން ލިބުނު 4 ޕޮއިންޓާއެކު ސީޝެލްސް އިންވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ރާއްޖެ ކުޅުނު ތިން މެޗުން ލިބުނީ 2 ޕޮއިންޓެވެ.

މިމެޗްގައި ރާއްޖޭގެ ޓީމްގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ބޯޅަ ނެތިސް ސީޝެލްސް ކުޅުންތެރިއަކަށް ފައުލުކުރުމުން ރަތް ކާޑެއް ދައްކައިފަ އެވެ. އަޑުބަރޭއަށް ރަތްކާޑު ދެއްކީ ކުޅެން ނުކުތްތާ މިނިޓެއް ނުވަނީސްއެވެ. އަޑުބަރޭ ކުޅެން އެރީ އަސަދުﷲގެ ބަދަލުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހީނާ އެކެޑެމީ ޓީމްގެ ކޮޅަށް ހުޅުމީދޫ އީޓީއެފްއޭ ޓީމުން 8 ލަނޑު ޖަހައިފި!

ފޯވާރޑް ރަޔަން ޖެހި ހަތަރު ގޯލާއި ކެޕްޓަން ސަހާފް ހެދި ހެޓްރިކާ އެކު މާލޭގައި ކުރިއަށް ގެންދާ ހީނާއެކެޑެމީގެ ...

ޕީއެސްޖީ އާއި މެން.ސިޓީ އެއްގްރޫޕަކަށް

ޔުއެފާ ޗެމްޕިއަންސް ލީގް 22/2021 ސީޒަނުގެ ގްރޫޕް ސްޓޭޖުގައި، މަޝްހޫރު ތަރިން އެންމެ ގިނަ ފްރާންސްގެ ޕީއެސްޖީ އާއި ...

މުލިމަތި ފުޓްސަލް މުބާރާތް 2019

މީދޫ މުލިމަތި ޖަމްއިއްޔާއިން ކޮންމެ އަހަރަކު ކުރިއަށް ގެންދަން ނިންމާފައިވާ ފުޓްސަލް މުބާރާތް 3 ފެބްރުއަރީ 2019 ވާ ...